މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯގެ މަގާމުން ވަޖީހު ވަކިކޮށްފިއެވެ.
ޕީސީބީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި މިރޭ ބުނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަގާމުން މުހައްމަދު ވަޖީހު އިބްރާހީމް، ވަކި ކޮށްފައިވާ ކަމަށެވެ.
ވަޖީހް މަގާމުން ވަކި ކުރެއްވި ސަބަބެއް ހާމައެއް ނުކުރެއެވެ.
ވަޖީހު އެމްޕީއެލްގެ ސީއީއޯ/އެމްޑީގެ މަގާމަށް އައްޔަން ކުރެއްވީ 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ.
ވަޖީހު މަގާމުން ވަކިކުރެއްވިއިރު އޭނާގެ ދަރިކަލުން އަހްމަދު ހިޝާމް ވަޖީހު ހުންނެވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރުގެ މަގާމުގައެވެ. ހިޝާމް ކައިވެނި ބައްލަވައިގެން އުޅުއްވަނީ މަޖިލިސް ރައީސް އަބްދުއްރަހީމްގެ ދަރިކަނބަލުންނާއެވެ.
ދާދި ފަހުން މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ދަރިކަލުން ފައިސަލް ވަނީ ޓޫރިޒަމްގެ މިނިސްޓަރުގެ މަގާމުން ވެސް ވަކި ކުރައްވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ