ވަގު ލިޔުންތަކެއް ހުށަހަޅައިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް، ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ހޯދި މައްސަލާގައި ތަހުގީގު ކުރަމުން އަންނަ މައްސަލައާ ގުޅިގެން ސަސްޕެންޑުކުރި އެޗްޑީސީ ބައެއް މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފިއެވެ.
އެ މައްސަލާގައި އެޗްޑީސީން އެންމެ ފުރަތަމަވެސް އެ މުވައްޒަފުން ސަސްޕެންޑުކުރީއެވެ. އެކަމަކު ފަހުން ހަމަ އެ މުވައްޒަފުން މަގާމުން ވަކިކުރިއެވެ. އެއީ 15 މުވައްޒަފެކެވެ. ނަމަވެސް ފަހުން އަނެއްކާވެސް އެ މުވައްޒަފުންގެ ވަޒީފާ އަލުން އިޔާދަކޮށް ސަސްޕެންޑުކުރިއެވެ.
އެޗްޑީސީގެ އޮފިޝަލަކު "ހަތާވީސް" އަށް މިއަދު ވިދާޅުވީ ތަހުގީގުން މައްސަލަ ފާހަގަ ނުވާ ބައެއް މުވައްޒަފުންގެ ސަސްޕެންޝަން މިހާރު އުވާލާފައި ކަމަށެވެ.
ވަގު ލިޔެކިޔުންތަކެއް ހުށަހަޅައިގެން، ހުޅުމާލެ ދެ ވަނަ ފިޔަވަހިން ހިލޭ ގޯތި ހޯދަން އުޅުނު މައްސަލައާ ގުޅިގެން، ފުލުހުން ކުރަމުން ގެންދާ ތަހުގީގަށް 20 މީހެއްގެ ޕާސްޕޯޓު ވެސް ހިފެހެއްޓިއެވެ. އޭގެތެރެއިން 9 މީހެއްގެ ޕާސްޕޯޓު ފުލުހުން މިހާރު އޮތީ ދޫކޮށްލައިފައެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ހިންގަމުންނެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިޔަށް ގެންދިޔަ "ބިންވެރިޔާ ސްކީމާ" ގުޅޭ، ވަގު ލިޔުންތަކެއް ހުށަހެޅި މީހަކަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯއްޗެއް ހޯދައި އެ ގޯތީގައި ވަށާފާރު ރޭނުމަށް އެޗްޑީސީން ހުއްދަ ދީފައިވާ މައްސަލައާ ގުޅިގެން ފުލުހުން ހިންގަމުން ގެންދާ ތަހުގީގަށް މައުލޫމާތު ހިއްސާ ކުރުމަށް ޕޯޓަލްއެއް ވަނީ ގާއިމް ކޮށްފައެވެ.
ފުލުހުން ބުނީ މިހާތަނަށް 16 މީހަކު އެ ޕޯޓަލް އަށް މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ހަތަރު ފަރާތަކުން ގުޅުންހުރި ލިޔެކިޔުން ހިއްސާ ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
މި މައްސަލާގައި އެންމެ ބޮޑު ތުހުމަތުތަކެއް ކުރަނީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ ފަޒީލް ރަޝީދަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ