މީގެ 15 އަހަރު ކުރިން, ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް އިއްވަން ތާވަލްކޮށްފި އެވެ.
ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ 25 އަހަރަށް ޖަލަށްލާން 2011 ވަނަ އަހަރު ޖިނާއީ ކޯޓުން ހުކުމްކުރީ ޖޫން، 2010 ގައި އޭނާގެ ކުރީގެ ފިރިމީހާ ކަމަށްވާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގަ އެވެ.
ނަޒާހާގެ މައްޗަށް ކުރި ހުކުމް 2015 ވަނަ އަހަރު ހައި ކޯޓުން ދަމަހައްޓާފައިވާއިރު، އެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅީ ފަހުންނެވެ.
އެ މައްސަލާގެ އަޑުއެހުންތައް ނިންމާލާފައިވަނީ ސެޕްޓެމްބަރު، 2022 ގަ އެވެ. އޭގެ ދެ އަހަރު ފަހުން އެ މައްސަލާގެ ހުކުމް އިއްވަން ތާވަލްކުރީ މިމަހުގެ 13 ވަނަ ދުވަހަށެވެ.
އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
ނަޒާހާ މީގެ ކުރިން ކޯޓުގައި ބުނެފައިވަނީ ޝާހިދު މަރާލީ ގެވެށި އަނިޔާއިން ސަލާމަތްވުމަށް އަމިއްލަ ދިފާއުގައި ދިން ހަމަލާއަކުން ކަމަށެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓުކޮށް އޭނާ ތަހުގީގުގައި ކުށަށް އިއުތިރާފުވި އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ