ވަގު ލިޔެކިޔުންތަކެއް ހުށަހަޅައިގެން، ހުޅުމާލެ ދެ ވަނަ ފިޔަވަހިން ހިލޭ ގޯތި ހޯދަން އުޅުނު މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލާގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ގެ ބަލާ ފާސް ކުރުމުގެ ތެރޭގައި ފެނުނު ފައިސާތައް އަނބުރާ އޭނާއާ ހަވާލުކޮށްފިއެވެ.
މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ ފަޒުލްގެ ގެއިން ފެނުނު ފައިސާއާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، އެ ފައިސާ މިހާރު ވަނީ އަނބުރާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މީގެކުރިން ވަނީ ފަޒުލްއާ ސުވާލުކޮށް ބަޔާންވެސް ނަގައިފައެވެ. އަދި ފަޒުލް ފުރުން މަނާ ކުރުމަށް އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތް އޮތުން ދަމަހައްޓާފައިވާ ކަމަށްވެސް ބުންޏެވެ.
އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލްގެ މައްޗަށް ކުރަނީ އެކުންފުނީގެ ރަސްމީ ލިޔުންތަކެއް ނައްތާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ކަމަށެވެ.
މި މައްސަލާގައި ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލްގެ މައްޗަށް ވެސް ތުހުމަތުތަކެއް ކުރެއެވެ. ފަޒީލްގެ މައްޗަށް ފުލުހުން ކުރަނީ ޑޮކިއުމެންޓު ފޯޖު ކޮށްފައިވާ ތުހުމަތެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ