މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯގެ މަގާމަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން ހަމަޖައްސައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ބޯޑު ޑިރެކްޓަރުގެ މަގާމަށް ހ، ހަބަރުގެ، މުހައްމަދު ރިޝްވާން ހަމަޖައްސާފައިވާ ކަމަށެވެ.
ރިޝްވާން އެ މަގާމަށް ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުންނެވު ވަޖީހު މަގާމުން ވަކި ކުރެއްވުމުންނެވެ.
އެ މަގާމަށް މިއަދު އައްޔަން ކުރެއްވި ރިޝްވާން އަކީ ކުރިން ޑެޕިއުޓީ ކޮމިޝަނަރުކަން ކުރެއްވި ބޭފުޅެކެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ 2011ވަނަ އަހަރުއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ