އައްޑޫ ސިޓީ ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަސައްކަތުގެ ޑީޓެއިލް ސާވޭ ހެދުމަށް މިމަސް ތެރޭގައި އިއުލާނު ކުރެވިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް އިއްވެވި ދެވަނަ ރިޔާސީ ބަޔާނުގައި ވިދާޅުވީ އައްޑޫ ލިންކް ރޯޑާއި އެހެނިހެން މުހިއްމު މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށެވެ.
"އައްޑޫ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުން އަވަސްކުރުމަށް ޑީޓެއިލްޑް ސާވޭ އަދި އިންޖިނިއަރިން ޑިޒައިން ކުރާނެ ފަރާތެއް ހޯދައި ޓެކްނިކަލް މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން މި މަހުގެ ތެރޭގައި އިއުލާން ކުރާނަން،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން އައްޑޫ އަށް ދިމާވެފައިވާ ފެނުގެ ނިޒާމުގެ މައްސަލަ ޙައްލު ކުރުމަށް މި ސަރުކާރުން ފެށި 282 މިލިއަން ރުފިޔާގެ މަޝްރޫއުގެ މަސައްކަތް ނިމި އޭގެ ފަސޭހަކަން މިއަހަރު ތެރޭގައި އައްޑޫގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ހިތަދޫ އާއި އަދި ވަކިން އޮންނަ ހުޅުމީދޫ ގުޅުވާލަދޭ ބްރިޖު މަޝްރޫއުގައި ސޮއި ކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19ވަނަ ދުވަހުއެވެ. އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ"އާއެވެ.
ހިތަދޫ އާއި ހުޅުމީދޫ ގުޅާލާ ބްރިޖުގެ ދިގު މިނަކީ 13-15 ކިލޯ މީޓަރެވެ. މިއީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު ބްރިޖެވެ. މިހާތަނަށް ރާއްޖޭގައި އަޅާފައި ވަނީ އެންމެ ބްރިޖެކެވެ. އެއީ މާލެ އާއި ހުޅުމާލެ ގުޅުވާލަދޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖެވެ. އެ ބްރިޖުގެ ދިގުމިނަކީ ވެސް 1.3 ކިލޯ މީޓަރެވެ. ތިލަމާލެ ބްރިޖުގެ ދިގު މިނަކީ 6.7 ކިލޯ މީޓަރެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ