ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓަށް އޭގެ ހައްގުވެރިންނަށް މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ހަވާލު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
ރައްޔިތުން މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ބޯހިޔާވަހިކަން ނެތުމުގެ މައްސަލަ އަކީ ގައުމީ ބޮޑު މައްސަލައެއް ކަމަށެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް 1.5 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެއީ ރާއްޖޭގެ މުޅި ތާރީހުގައި ވެސް އެ މައްސަލައަށް ކަނޑައެޅުނު އެންމެ ބޮޑު ބަޖެޓުކަން ފާހަގަކުރައްވަމުން ރައީސް ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުގައި މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ 58 ރަށެއް ވެސް ހިމެނޭނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ކުރީ ސަރުކާރުން އިމާރާތް ކޮށްފައިވާ ފްލެޓު ލިބޭނެ ކަމަށް އިއުލާން ކޮށްފައިވާ 4،000 މީހުންގެ ލިސްޓާއި މެދު އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ އެންގުންތަކާއެކު އެ ލިސްޓުގެ ސައްހަކަން ބެލުން އޮތީ މި ސަރުކާރުން ހައްލުކުރަން ޖެހިފައި އޮތް ވަރަށް ހައްސާސީ މައްސަލައެއްގެ ގޮތުގުގައި ކަމަށް ވިދާޅުވިއެވެ.
"ލިސްޓުގެ ސައްހަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިޢުލާނު ކުރެވޭނެ. އަދި ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ޙަވާލު ކުރަމުން ގޮސް މި އަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ހައްގުވެރި ފަރާތްތަކާ ހަވާލުކޮށް ނިންމާލެވޭނެ،" ރައީސް ވިދާޅުވިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓަށް 20،697 ފޯމު ހުށަހަޅާފައިވެއެވެ. އެއީ ދެ ކޮޓަރީގެ އެޕާޓުމަންޓަށް އެދި 6،208 ފޯމާއި ތިން ކޮޓަރީގެ އެޕާޓުމަންޓަށް އެދި 14،489 ފޯމެވެ. މި ފްލެޓުތަކުގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،250 ޔުނިޓާއި ތިން ކޮޓަރީގެ 2،750 ޔުނިޓެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި