ގއ. ވިލިނގިލީގައި ދުވަސް ނުފުރައި ވިހޭ ދަރިފުޅާއި، އެ ކުއްޖާގެ މަންމަ ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ނިންމައިފިއެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގއ. ވިލިގިލީގައި އިއްޔެގެ ވަގުތެއްގައި ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ ނިޔާވެފައިވާ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާއީ ތަހުގީގެއް ހިންގާ އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދާ ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުން ދިވެހި ފުލުހުންނަށް އަންގާފައި ވާނެ ކަމަށެވެ.
އެ ހާދިސާގައި ނިޔާވެފައި ވަނީ ގއ. ވިލިނގިލީ ޒަމާނީވިލާ ފާތިމަތު ޝިއުނާ، 37، އެވެ.
ޝިއުނާގެ ފިރިމީހާ، ޝިފާޒު ޒާހިރު "ހަތާވީސް"އާ ވާހަކަދައްކަމުން ވަނީ ޝިނުއާ ބަލައި ކޫއްޑޫ އެއާޕޯޓަށް ޖެއްސި އެއާ އެންބިއުލާންސްގެ ވެންޓިލޭޓަރު ހުރީ ހަލާކުވެފައި ކަމަށާއި އެ ފްލައިޓުގައި ބަލި މީހަކަށް ދޭނެ އޮކްސިޖަނެއް ނެތް ކަމަށް ބުނެފައެވެ.
އެއާ އެންބިއުލާންސްގައި ސިއްހީ އާލާތްތައް ނެތިގެން، ބަލި މީހާއަށް ފަރުވާ ދިނުމަށް ބައެއް އާލާތްތައް ގެނެސްފައި ވަނީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުންނެވެ. އެ ސާމާނުތައް ކޫއްޑޫއަށް ގެންދިއުމަށް ދެ ފަހަރެއްގެ މަތިން ވިލިގިއްޔާއި ކޫއްޑޫއާ ދެމެދު ލޯންޗު ދަތުރުތަކެއް ވެސް ކުރަންޖެހުނެވެ.
ޝިއުނާ ނިޔާވުމުން، ދަރިފުޅު އިތުރު ފަރުވާއަށް މާލެ ގެނައި މަގުމަތީގައި ވަނީ ނިޔާވެފައެވެ.
އެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވަނީ "ހަތާވީސް" އަށް ވިދާޅުވެފައެވެ. މޯލްޑިވިއަންގެ މީޑިއާ އޮފިޝަލު "ހަތާވީސް" އަށް ވިދާޅުވީ ރިކުއެސްޓު ފޯމުގައި ބަޔާން ކޮށްފައިވާ ސިއްހީ ހުރިހާ އާލާތްތަކެއް ބޯޓަށް އަރުވާފައިވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ