ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ސްޓްރޯކެއް ޖެހުނު ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކާއި ގުޅިގެން، އެ މައްސަލަ ރިވިއުކޮށް އެކަމުގައި އެއްވެސް އިހުމާލެއް ވޭތޯ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
އެމީހާ އަކީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެކެވެ. އެމީހާގެ އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި އެމީހާ އަށް ސްޓްރޯކް ޖެހުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައެވެ. އަދި އެމީހާ އަށް ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން އެމީހާގެ ހާލަތު ގޯސްވެފައިވާ ކަމަށް އާއިލާ އިން ތުހުމަތު ކުރެއެވެ.
އެކަން ހިނގާދިޔަ ގޮތުގެ ތަފްސީލް މީޑިއާތަކަށް ހިއްސާ ކުރުމުގެ ގޮތުން ފުލުހުން ފޮނުވި މެސެޖެއްގައި މިއަދު ބުނީ މަސްތުގެ ހާލަތުގައި އިން މީހަކު އުޅަނދެއް ދުއްވާކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 10:13 ހާއިރު ލިބުނު ކަމަށެވެ.
އެ މައުލޫމާތާ ގުޅިގެން ފުލުހުން އެޓެންޑްވެ ބެލިއިރު އެ މީހާ ދުއްވި ވޭން ހުޅުމާލެ ފިތުރޯނު މަގު އަރިމައްޗަށް އަރައި އެކްސިޑެންޓްވެފައި އޮތްކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުންގެ މެސެޖުގައިވެއެވެ.
އަދި އެ މައްސަލައާ ގުޅިގެން އިތުރަށް މައުލޫމާތު ސާފުކުރުމުން އެ އުޅަނދު ހުޅުމާލެ ފޭސް ދޭކަށް ދަނިކޮށް ފޭސް ދޭއް އަދި ފޭސް އެކެއް ގުޅުވައިދޭ ބްރިޖް ޑިވައިޑާގައި ޖެހިވެސް އެކްސިޑެންޓްވެފައިވާކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އުޅަނދު ދުއްވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކުޑަކަމުދާތަކެތި ތަހުލީލު ކުރުމަށްފަހު ނެގެޓިވްވުމުން ދޫކޮށްލާފައިވާ ކަމަށެވެ.
އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އަމަލުކޮށްފައިވާ ގޮތް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް ފުލުހުން ވަނީ އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ހިނގާފައިވާނަމަ ނުވަތަ އިހުމާލެއް ވެފައިވާނަމަ އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ