މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭގައި މާރާމާރީ ހިންގުމަށްފަހު ފިލަން އުޅުނު ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
އެމީހުން މާރާމާރީ ހިންގާފައި ވަނީ ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓާފް ދަނޑުގެ ހުޅަނގު ފަަޅީގައި މަޑުކޮށްގެން ހުރި މީހަކަށެވެ.
އެ މާރާމާރީގައި އަނިޔާވި މީހާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.
ފުލުހުން ބުނީ އެ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ފިލައިގެން ހުޅުމާލެ އިން މާލެ އަށް ދިއުމަށް ސިނަމާލެ ބްރިޖު ހައިވޭ އިން ދަނިކޮށް ހިފަހައްޓާފައިވާ ކަމަށެވެ. އެ މީހުން ހިފެހެއްޓި ސަރަހައްދުން މާރާމާރީ ހިންގުމަށް ބޭނުންކުރި ހަތިޔާރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި