"ގެދޮރުވެރިޔާ" ސްކީމުގެ މައްސަލާގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ.
އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރެއް ނެރުނީ "ގެދޮރުވެރިޔާ" ސްކީމްގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަހުގީގުގެ ތެރެއިން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މި މަހުގެ 18ވަނަ ދުވަހާ ހަމައަށެވެ.
އެ މައްސަލަ އިސްތިއުނާފްކުރަން އަކްރަމް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމީ އެ އަމުރު މުރާޖާ ކުރަން ހުށަހެޅުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށެވެ.
އަކްރަމްގެ އިތުރުން ހައުސިންގެ ކުރީގެ އިސްވެރިންތަކެއްގެ ޕާސްޕޯޓް ވެސް އެ މައްސަލާގައި ހިފެހެއްޓި އެވެ.
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓީ ބިންވެރިޔާ ސްކީމްގެ ތެރެއިން ވަގު ލިޔުންތަކެއް ހުށަހަޅައިގެން ގޯތިތަކެއް ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެ, އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ ފަޒީލްގެ މައްޗަށް ތުހުމަތު ކުރެވި ތަހުގީގު ފެށުމުންނެވެ.
އެ މައްސަލާގައި ފަޒުލް މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު, އޭނާގެ ގެއިން ގިނަ އަދަދެއްގެ ފައިސާތަކެއް ފެނުނެވެ. ނަމަވެސް ފުލުހުން ފަހުން ވަނީ އެ ފައިސާތައް އަނބުރާ ދީފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ