ކުރިޔަށް އޮތް ރަމަޟާން މަހު ސަރުކާރުން ހިލޭ ބެހުމަށް ނިންމާފައިވާ މަސްދަޅު ކޭސް މާލޭގައި މިމަހު 20ވަނަ ދުވަހު ބަހަން ފަށާނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެސްޓީއޯ އިން މިއަދު ބުނީ ރަމަޟާން މަހަށް ހާއްސަކޮށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް ބެހުމުގެ އެންމެހައި ތައްޔާރީތައް އެސްޓީއޯއިން މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ. މި މަސައްކަތް އެސްޓީއޯއިން ކުރިއަށް ގެންދަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި، މިފްކޯ އާއި މޭލެ ސިޓީ ކައުންސިލް އަދި ރަށްރަށުގެކައުންސިލްތަކާ އެކު މަޝްވަރާކުރެވި، ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކަމަށް އެކުންފުނިން ބުންޏެވެ.
ގޭބިސީތަކަށް ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭހުގައި ހިމެނެނީ 180 ގްރާމުގެ ތެޔޮމަހުގެ (ޗަންކްސް އިން އޮއިލް) 48 ދަޅެވެ.
މާލެ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. މާލޭގައި މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެސްޓީއޯ އިން ބުނީ އެ ތާރީހުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެކަން ކުރިއާލާ އަންގާނެކަމަށެވެ.
މިއަހަރުވެސް މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ލިބިވަޑައިގަންނަވާނީ ހަމައެކަނި ދިވެހި ރައްޔިތުންނަށެވެ. އަދި ދޫކުރެވޭނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށެވެ. އެއީ މެންދުރުފަހު 2:30 އިން ހަވީރު 6:00 އާ ހަމައަށް އަދި ރޭގަނޑު 8:30 އިން 11:00 އާ ހަމައަށެވެ.
މަސްދަޅު ދޫކުރުމަށް މާލެ ސަރަހައްދުގައި ޖުމްލަ 5 މަރުކަޒެއް ގާއިމުކުރެވިފައި ހުންނާނެއެވެ. .މާލޭގައި މަސްދަޅު ބަހާނީ މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައި އަދި މިފްކޯ އޮފީސް ކޮމްޕައުންޑް އިންނެވެ ވިލިމާލޭގައި މަސްދަކޫ ބަހާނޫ ވިލިމާލޭ ކައުންސިލް އޮފީހުންނެވެ.ހުޅުމާލެ ފޭސް-1 ގައި ބަހާނީ އުމަރު ޒާހިރު ބިލްޑިން އިންނެވެ. ހުޅުމާލެ ފޭސް-2 ގައި ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރުން ބަހާނެއެވެ.
އެސްޓީއޯ އިން ބުނީ އަތޮޅު ތެރެއަށް ފޮނުވާ މަސްދަޅު ކޭސްތައް އެކުންފުނިން ފެބްރުއަރީ 5 ވަނަ ދުވަހުން ފެށިގެން ދޯނިފަހަރަށް އަރުވަން ފަށާފައިވާ ކަމަށެވެ. ރަށްރަށުގެ ގޭބިސީތަކަށް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ