އައްޑޫ ސިޓީ ހިތަދޫގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އާއްމުކޮށްފިއެވެ.
ފުލުހުން އިއްޔެ ބުނީ މިދިޔަ ހޯމަ ދުވަހުގެ ދަންވަރު 1:35 ހާއިރު ހިތަދޫ މައިލޯ ދަނޑު ސަރަހައްދުން ވެހިކަލެއްގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އެ ސަރަހައްދުގައި ތިބި ބަޔަކު ފިލަން މަސައްކަތްކުރި މަންޒަރު ފެނިފައިވާ ކަމަށެވެ.
އެ މީހުން ފިލަން މަސައްކަތް ކުރި ސަބަބު އިތުރަށް ސާފު ކުރަން ކުރި މަސައްކަތުން މީހަކު ރަހީނުކޮށްގެން އުޅޭކަން އެނގުނު ކަމަށް ފުލުހުން ބުންޏެވެ.
އެ ސަރަހައްދުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ، ބޮލުން ބައެއް ބާލައި އަނިޔާކޮށްފައި އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައި ވަނީ 15 އަހަރުގެ ކުއްޖަކާއި 20 އަހަރުގެ ދެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ މީހެކެވެ.
ފަނަރަ އަހަރުގެ ކުއްޖާ ފިޔަވައި އެހެން ހުރިހާ އެންމެންގެ މައުލޫމާތު ފުލުހުން އާއްމުކުރިއެވެ. އެކުއްޖާގެ މައުލޫމާތު އާއްމު ނުކުރީ ކުޑަ ކުއްޖަކަށްވާތީއެވެ.
ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ހިތަދޫ ވިޝަންޑްރީމް، ސަމާހު ތައުފީގު، 20 އާއި ހިތަދޫ ގްރޭސް، މުހައްމަދު ޔައީޝް އާޒާދު، 19 އާއި ހިތަދޫ ނޫތަރި އަޝްރަފު މުހައްމަދު، 22 އަދި އެ ރަށު މެރީގާޑަން އަލީ މާޒިން ހަސަން 20 ކަމަށެވެ.
މީގެ ތެރެއިން ސަމާހު އާއި ޔައީޝްގެ އިތުރުން އަޝްރަފުގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު މާޒީންގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފައެވެ. ކުޑަ ކުއްޖާ ވަނީ އޭނާގެ އާއިލާއާ ހަވާލުކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ