ޓެކްސީ ހިދުމަތަކީ ލުއިފަސޭހަ ކަމާއެކު ރަނގަޅު ފެންވަރެއްގައި އާއްމުންނަށް ލިބޭނެ ހިދުމަތަކަށް ހެދުމަށްޓަކައި ސަރުކާރުގެ "ޓެކްސީ ލައިން" ތައާރަފު ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެކަން އެމްޓީސީސީއާ ހަވާލު ކުރުމުގެ ގޮތުން މިއަދު މީރުމާގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ޓްރާންސްޕޯޓުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ޝަމީމްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއެވެ.
އެ ހިދުމަތް އެމްޓީސީސީން ދޭން ހަމަޖެހިފައި ވަނީ ރާއްޖެއިން ބޭރުގައި އެ ހިދުމަތްތައް ދެމުން އަންނަ ފަދަ "ގްރޭބް" ނުވަތަ "އޫބާ" އެޕްލިކޭޝަން ފަދަ އެޕެއް މެދުވެރިކޮށެވެ. އަދި އެ ހިދުމަތް ދިނުމައި އެމްޓީސީސީން ބޭނުން ކުރަނީ އިލެކްޓްރިކް ވެހިކަލްތަކެކެވެ.
އެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ފުލް ޓައިމް އަދި ޕާޓް ޓައިމްކޮށް ވެސް ވަޒީފާ ލިބިގެން ދާނެ ކަމަށް ސައުދީ އެމްޓީސީސީގެ އެމްޑީ ވިދާޅުވިއެވެ. މިކަން ފެށުމުން އާއްމުންނަށް މަންފާ ކުރާނެ ކަމަށް ސައުދީ ވިދާޅުވިއެވެ.
ޓްރާންސްޕޯޓުން ބުނީ މި ޓެކްސީ ލައިން ތައާރަފު ކުރި ނަމަވެސް، އަމިއްލަ ގޮތުން އެ މަސައްކަތް ކުރާ އެއްވެސް ބަޔަކަށް އެކަމުން ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ