ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ކުރުކޮށްލުމަށްފަހު، ރޯދަމަހު މަޖިލިސް ޗުއްޓީއަށް ދިއުމަށް ކޮމެޓީން ފާސްކޮށްފިއެވެ.
މަޖިލިސް ގަވާއިދަށް އެ އިސްލާހު ގެނައުމަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ރިފާއުއެވެ.
ރިފާއުގެ އިސްލާހުގައި ވަނީ މަޖިލިސްގެ ފުރަތަމަ ދައުރު ޖެނުއަރީ މަހަށް އަވަސް ކުރަން ހުށަހަޅާފައެވެ. މިހާރު މަޖިލިސް ހުޅުވަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައެވެ. ރިފާއު ހުށަހެޅުއްވި އިސްލާހުގައި ޖެނުއަރީ މަހުގެ ނިޔަލަށް މަޖިލިސްގެ ފުރަތަމަ ދައުރު ކުރުކޮށްލުމަށް ވެސް ހުށަހަޅާފައިވެއެވެ.
އެ އިސްލާހުގައި ދެވަނަ ދައުރު ކުރިއަށް ދާނީ އޭޕްރިލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު އޮންނާނީ ވަނީ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ކަމަށް ބަޔާންކޮށްފައިވެއެވެ.
މިއަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ފުރަތަމަ ހަފްތާގައި ފެށި ނަމަވެސް ކުރިޔަށް އޮތް ރޯދަމަހު މަޖިލިސް ޗުއްޓީއަށް ދާން އިސްލާހުގައި ހިމަނާފައިވެއެވެ.
ރިފާއު ހުށަހެޅުއްވި ގޮތަށް މި އިސްލާހު މަޖިލީހުގެ އާއްމު ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ