ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ބެންޗް ބަދަލު ކުރަން އުޅޭކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓުމުގެ އަމުރަކަށް އެދި އެ ކޯޓަށް ހުށަހަޅައިފި އެވެ.
މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިނެވެ.
އެ މައްސަލާގެ ޝަރީއަތް އަންނަ ހޯމަ ދުވަހަށް ތާވަލް ކޮށްފައި އޮއްވާ އެ ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލަން ފަށާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.
އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް އަލީ ހުސައިން ފޮނުއްވި ސިޓީގައިވަނީ އެ މައްސަލާގެ ޝަރީއަތް ހޯމަ ދުވަހަށް ތާވަލް ކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ކަމަށާއި އަދި ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި، ފަނޑިޔާރުން މަގާމުން ދުރުކުރަން މަޖިލީހަށް ހުށަހެޅުމަށް ތައްޔާރު ވަމުންދާ ކަމުގެ މައުލޫމާތު އާންމުވަމުންދާ ކަމަށެވެ.
އެފަދަ މަސައްކަތް ކުރެވެމުންދާ ނަމަ އޭގެ ސަބަބުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅިދާނެ ކަމަށް ފެންނަ ކަމަށް އެ ސިޓީގައިވެ އެވެ. އެހެންވެ, އެދިވަޑައިގަތީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއް ނުކުރުމަށް ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.
އެ މައްސަލާގެ ތެރެއަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރަޓްސް ޕާޓީން ވެސް ވަނީ ތަދައްހުލްވެފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ