ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ނެގި ލޯނެއް ދައްކާ ހަލާސްކުރުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނުދައްކާ އޮތް ލޯނަކަށް ދައްކަންޖެހޭ 5.2 މިލިއަން ރުފިޔާއާއި އަރަމުންދާ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހޯދަން ބޭންކުން ދައުވާ ކުރުމުން ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ މުހަންމާ ދައްކަންޖެހޭ ފައިސާ ކޮންމެ މަހަކަށް ބަހާލައިގެން މެއި 31، 2036 ވަނަ އަހަރުގެ ކުރިން ދައްކާ ހަލާސް ކުރުމަށެވެ.
މުހަންމާ ދައްކަންޖެހެނީ ކޮންމެ މަހަކު 83،000 އަށް ވުރެ މަދު ނޫން އަދަދެކެވެ.
މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރުކަންވެސް ކުރިން ކުރައްވާފައިވާ މުހަންމާ ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަންކުރެއްވީ މިދިޔަ މަހު އެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ