ހުޅުމާލޭ ޖަލުގައި 25 އަހަރުގެ ޙުކުމް ތަންފީޒުކުރަމުން ދިޔަ މީހަކު ރޭ ދަންވަރު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
މަރުވެފައި ވަނީ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އުމުރުން 67 އަހަރުގެ އިބްރާހިމް ދީދީއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އިބްރާހިމް ދީދީ ރޭ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުމާއި ގުޅިގެން މެޑިކަލް ޓީމްއިން ބަލައި، އަވަސް ފަރުވާ ދިނުމުންވެސް ހަރަކާތް ނުކުރާތީ، އެމަޖެންސީ ހާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށެވެ.
ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން، އޭނާ މަރުވެފައިވާކަން ކަނޑައަޅާފައި ވަނީ 2:40 ކަށް ހާއިރުގައި ކަމަށް ކަރެކްޝަނުން ބުންޏެވެ.
ކަރެކްޝަނުން މައުލޫމާތުދިން ގޮތުގައި އޭނާ އަކީ ހައި ބަލްޑް ޕްރެޝަރާއި، ކޮލެސްޓްރޯލް އަދި ޓްރެމާސް، ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެކެވެ.
މީނާ އަކީ 2020 ގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލަ ސާބިތުވެ 2022ވަނަ އަހަރު އުމުރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ މީހެކެވެ. އެ މައްސަލާގައި އެކުއްޖާގެ މުނިކާފަ ކަނޑުހުޅުދޫ އަންނާރުމާގޭ، އުމުރުން 85 އަހަރުގެ ހަސަން މޫސާ ދީދީ ވެސް އުމުރަށް ޖަލަށްލިއެވެ. އޭނާ މަރުވީ 2023ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ