އެންމެ ފަހުގެ ފިފްތު ޖެނެރޭޝަން ސުކޯއީ-57 މަރުކާގެ ހަނގުރާމަތީ ޖެޓްތައް އިންޑިއާގައި އުފެއްދުމަށް ރަޝިޔާއިން ހުށަހަޅައިފިއެވެ.
ރަޝިޔާއިން މި ޖެޓްތައް ވިއްކުމަށް ހުށަހަޅަނީ އިންޑިއާގެ އެއަރފޯސް އަށެވެ. ދުނިޔޭގެ އެންމެ ގިނަ ހަތިޔާރު އިމްޕޯޓްކުރާ އިންޑިއާގެ އެންމެ ބޮޑު ސަޕްލަޔަރަކީ ރަޝިޔާއެވެ. މިހާރުވެސް ރަޝިޔާގެ ޖެޓްތައް އިންޑިއާގެ އަސްކަރިއްޔާއިން ބޭނުންކުރެއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިޔާގެ އުފެއްދުންތެރިކަމަށް ދިމާވެފައިވާ ދަތިތަކާއެކު، އިންޑިއާއިން ބޭނުންވާ މިންވަރަށް ހަތިޔާރާއި އުޅަނދުފަހަރު އިންޑިއާއަށް އެކްސްޕޯޓްކުރެވޭނެ ގާބިލްކަމަށް ވަނީ ހުރަސް އެޅިފައެވެ. އެއާއެކު، ހަތިޔާރާއި އުޅަނދުފަހަރު ހޯދުމަށް އިންޑިއާއިން ހުޅަނގުގެ ގައުމުތަކާއި ދިމާއަށް އެނބުރިދާނެކަމުގެ ބިރު ރަޝިޔާއަށް އެބައޮތެވެ.
ރަޝިޔާއިން ހުށަހަޅާފައިވާ ހުށަހެޅުން އިންޑިއާއިން ގަބޫލުކޮށްފިނަމަ، މިއަހަރު ތެރޭގައިވެސް ޖެޓް އުފެއްދުމުގެ މަސައްކަތް ފެށޭނެކަމަށް ރަޝިޔާއިން ބުނެއެވެ. މި ހުށަހެޅުމުގެ ދަށުން ޖެޓް އުފައްދާނީ ރަޝިޔާގެ އިރުޝާދުގެ ދަށުން، އިންޑިއާގެ ހިންދުސްތާން އެއަރޮނޮޓިކްސް ލިމިޓެޑުންނެވެ. މިއީ އިންޑިއާ ސަރުކާރުގެ ކުންފުންޏެކެވެ.
ޖެޓް އުފެއްދުމުގެ މަސައްކަތް އިންޑިއާގައި ކުރުމުން، ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެޖެޓްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތަކަށް އެއްވެސް ބުރުލެއް ނާރައި، ކުރިއަށް ގެންދެވޭނެއެވެ.
ޗައިނާއާއި އަސްކަރީ ގޮތުން ވާދަކުރަމުންދާ އިންޑިއާއިން ގެންދަނީ އެގައުމުގެ އަސްކަރީ ގާބިލްކަން އިތުރުކުރުމަށް އެގައުމުގެ ވައިގެ ސިފައިންގެ ލަޝްކަރުގެ ޖެޓްތަކާއި އެހެން އުޅަނދުތައް ޒަމާނީ ކުރުމުގެ މަސައްކަތްކުރަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ