ރާއްޖޭގައި ދީނީ ގޮތުން ބައިބައިވުންތަކެއް ނެތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ވަޒީރުންނާ ބޭނުން ސުވާލެއް ކުރުމަށް ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިޔަށް ގެންދާ "އަހާ" ފޯރަމްގައި އާއްމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"ރާއްޖެ އަކީ ހައްދުފަހަނަ އަޅާފައިވާ ތަނެއްގެ ގޮތުގައި، ބައެއް މީހުން ބުނޭ. އެކަހަލަ ވާހަކަތައް ދައްކައި ރާއްޖެ މިގޮތަށް ދުނިޔޭގައި ބަދުނާމުކުރާ ރާއްޖޭގެ މުސްތަގުބަލު ކިލަނބުކޮށްލަން ވާހަކަދައްކާ ފަރާތްތަކާ މި މަސައްކަތްތައް ކުރާ މީހުންނަށް ކޮބައިތޯ ދަންނަވާނެ އެއްޗަކީ،" މިނިސްޓަރު ޝަހީމަށް ކުރި އާއްމު ފަރާތަކުން ކުރި ސުވާލުގައި ބުންޏެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ ރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމަށެވެ. އިސްލާމީ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ދިވެހިރާއްޖެ އަކީ ވަރަށް ބޮޑަށް އެއްބައިވަންތަ ގައުމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ހައްދުފަހަނާ ދިއުމަކީ ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި އާއްމުކޮށް އޮތް ކަންތައްތަކެއް ނޫން ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ބައެއް ފަހަރުތަކުގައި ވަކިވަކި ފަރުދުންގެ ތެރޭގައި އެބާވަތުގެ ފިކުރުތައް ފާހަގަކުރެވިފައިވާ ކަމަށާއި އެކަމަކު ގާނޫނީ ގޮތުންނާއި އިލްމީ ގޮތުން އެފަދަ ފަރާތްތަކަށް ފަރުވާ ދެވޭނެ ނިޒާމުތަކެއް ރާއްޖޭގައި ކަނޑައެޅިފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ދިވެހިރާއްޖެ އަކީ ހައްދުފަހަނަ އަޅާފައިވާ ގައުމެއްގެ ގޮތުގައި ސިފަ ކުރުމަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖެއަކީ ހުރިހާ އެންމެންނަށްވެސް އިހްތިރާމްކުރާ، ސުލްހަ އަށް ލޯބިކުރާ އަދި އެހެން ދީންތަކަށްވެސް އަދުލުވެރިކަމުގައި އިހްސާންތެރިވާ، އެންމެނަށް އިހްތިރާމްކުރާ ގައުމެއްގެ ކަމަށް ޝަހީމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް