ސިފަ ބަދަލުކޮށް، އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މިކަން ހިނގާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި ހާދިސާ ހިނގިތަން "ހަތާވީސް"ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ. ފުލުހުން ހިފެހެއްޓި ދެ މީހުން ވެސް ތިބީ އަންހެން ހެދުން އަޅައިގެން، އެ މީހުންނަކީ ކޮން ބައެއްކަން ނޭނގޭ ގޮތަށް ސިފަ ބަދަލު ކޮށްގެންނެވެ.
ފުލުހުން ވަނީ އެ ދެ މީހުންގެ ވަނަވަރު އާއްމު ކޮށްފައެވެ. އެކަމުގައި ހައްޔަރުކުރީ ގދ. ވާދޫ، ލިލީގެ / އުމުރުން 46 އަހަރުގެ މުހައްމަދު ސަބާހު އަދި ނ. މިލަދޫ، ސޯސަންގެ / އުމުރުން 42 އަހަރުގެ މުހައްމަދު ނައުޝާދު ނަމަކަށް ކިޔާ މީހެކެވެ.
ފުލުހުން ބުނީ އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 15 ދުވަސް ބަންދަށް ޖަހާފައިވާ ކަމަށެވެ.

އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި