ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރުމަށާއި އަދި އެ އިސްލާހުގެ އުސޫލުތައް މިހާރު ތިބި މަޖިލިސް މެމްބަރުންގެ މައްޗަށް ނުހިނގާނެ ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި މިއަދު އެދެފި އެވެ.
މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އަލީ ހުސައިންގެ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފް އިސްލާހެއް ކަމަށެވެ. އަދި އެ އިސްލާހުގެ ސަބަބުން ގާނޫނުއަސާސީގައި މެމްބަރުން އިސްކަން ދޭންޖެހޭ ކަމަށް ބަޔާންކުރާ ރައްޔިތުންގެ މަސްލަހަތު އެއްފަރާތް ކުރުމަށްފަހު ޕާޓީގެ ފިކުރު އިސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފްވާތީ އެ އިސްލާހު ބާތިލްކުރަން އޭނާ އެދިވަޑައިގަތެވެ. އަދި މިހާރު އެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުންދާ މުއްދަތުގަ އާއި މިހާރު އޮތް މަޖިލިސް މެމްބަރުންގެ މައްޗަށް ވެސް އިސްލާހުގެ އުސޫލުތައް ނުހިނގާނެ ކަމަށް ކަނޑައަޅައިދޭން އޭނާ އެދިވަޑައިގަތެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ އެ އިސްލާހަކީ މެމްބަރުން އިންތިހާބުވިއިރު އޮތް އިސްލާހަކަށް ނުވުމެވެ.
"މި ފާހަގަކުރި ގާއިދާއަށް ބަލާފައި ގާނޫނުއަސާސީއަށް ގެނައި މި އިސްލާހު ކިއީމާ މާނައަކީ މިހާރު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައި ތިބި މެމްބަރުންގެ މައްޗަށް އެކަން ހިނގައިގެން ނުވާނެއޭ." މަހްފޫޒް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ބައްލަވާ އެ މައްސަލާގެ އަޑުއެހުންތައް އަދިވެސް ކުރިއަށް އެބަދެ
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ