ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އަށް ތަދައްހުލުވެފައިވާ ދަ ޑިމޮކްރެޓްސް ޕާޓީ، އެ މައްސަލައިން ބޭރުވެއްޖެއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސައިންއެވެ. އެ މައްސަލަ އަށް އިދިކޮޅު އެމްޑީޕީން ވެސް ތަދައްހުލުވިއެވެ. އަދި ދަ ޑިމޮކްރެޓްސް އިން ވެސް އެ މައްސަލައިގެ ތެރެއަށް ތަދައްހުލުވިއެވެ.
ނަމަވެސް މައްސަލައިގެ ފުރަތަމަ އަޑުއެހުމެއް ވެސް ޑިމޮކްރެޓުން ހާޒިރުވެފައި ނުވެއެވެ. ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ އެފަދަ މައްސަލައެއް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ. އިންތި ވިދާޅުވީ އެމެރިކާގެ ގާނޫނުއަސާސީއަށް ކުރިން ގެނައި އިސްލާހެއް މަޖިލީހުން އަމިއްލައަށް އުވާލަންދެން ދެމިއޮތް ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް އެފަދަ މައްސަލަ ނުބެލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާނައަކީ ގާނޫނު އަސާސީ އިސްލާހު ކުރުމާއި އިސްލާހު އުވާލުމަކީ ހަމައެކަނި ރައްޔިތުން ބައިވެރިވާ ގާނޫނު ހަދާ މަޖިލީހަކަށް އެކަނި އޮތް ބާރެކޭ." އިންތި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގައި ދައުލަތުން ބުނަމުން ދަނީ ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓަށް ބެލޭނީ ގާނޫނެއް ނުވަތަ ގަވާއިދުތަކުގެ މައްސަލަތައް ކަމަށްވާތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ވަކީލާ ވިދާޅުވި އެވެ. އަދި އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިޖްރާއީ އިއުތިރާޒެއް ސުޕްރީމް ކޯޓުގައި ދައުލަތުން ނެގި އެވެ.
އެކަމާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން އިއްޔެ ނިންމެވީ އެ މައްސަލަ މިވަގުތު ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މައްސަލަ ނިންމުމުގައި, ދައުލަތުގެ އިއުތިރާޒާ މެދު ގޮތެއް ނިންމަވާނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި