ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށް މަތީ ތައުލީމުގެ ޕްރޮގްރާމެއް ފެށުމަށް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އާއެކު މަޖިލިސް އިދާރާ އިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު އެކަން ކުރިޔަށް ގެންދަނީ ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީ މެންބަރުންގެ އިސް ނެގުމަކަށް ކަމަށް އެޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
އެކަމާއި ގުޅިގެން ބައެއް މީޑިއާތަކަށް ފަލާހް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވީ، އެ ކޯހުގެ އެއްވެސް ހަރަދެއް މަޖިލިސް އިދާރާ އިން ހޭދަ ނުކުރާނެ ކަމަށެވެ. އެގޮތުން ކޯހަށް ދައްކަން ޖެހޭ ފައިސާ ވެސް ދައްކާނީ މެންބަރު އަމިއްލައަށް ކަމަށް ފަލާހް ވިދާޅުވިއެވެ.
މިފަދަ ފުރުސަތެއް މެންބަރުންނަށް ހޯދައި ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ ގާނޫނު ހަދާ މެންބަރުންނަށް ވާތީ، އެ ދާއިރާ އިން ކަންކަން ދަސްވުން ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް ޕީއެންސީގެ މެންބަރުންގެ ތެރޭގައިވެސް މާސްޓާސް ހައްދަވާފައިވާ ބޭފުޅުން ތިއްބެވި ކަމަށާއި އެކަމަކު އެއީ މުޅިން އެހެން ދާއިރާއަކުން ތައުލީމު ހާސިލް ކޮށްފައިވާ ބައެއް ކަމަށެވެ.
މަޖިލިސް މެންބަރުންނަށް ހިންގުމަށް ހަމަޖެހިފައި ވަނީ ޝަރީއާ އެންޑް ލޯ ގެ އެޑްވާންސް ސެޓްފިކެޓް ކޯހެކެވެ. މަޖިލިސް އިދާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމެވެ.
އެފަދަ ކޯހެއް ހިންގުމުގެ ބޭނުމަކީ 20ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ މަތީ ތައުލީމު ހާސިލުކޮށް ގާބިލް ބަޔަކަށް ހެދުމަށް ކުރާ މަސައްކަތެއް ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލީހަކީ އިލްމީ މަސައްކަތްތަކެއް ކުރާ ތަނަކަށް ހެދުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި