ހަ ރަށެއްގައި އިމާރާތް ކުރާ މިސްކިތްތަކުގެ ކުރެހުންތައް ދައްކާލައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ، އއ. ރަސްދޫ އާއި އދ. ފެންފުއްޓާއި ފ. ފީއައްޔާއި ގދ. މަޑަވެއްޔާއި ހއ ބާރަށުގެ އިތުރުން ތ. ވޭމަންޑޫގައި އިމާރާތްކުރާ މިސްކިތްތަކުގެ ކުރެހުންތައް މީޑިއާތަކާއި ހިއްސާ ކޮށްފިއެވެ.
އެ މިސްކިތްތަކުގެ ކުރެހުން މީޑިއާތަކާއި ހިއްސާ ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ޝަހީމް ވިދާޅުވީ އެ މިސްކިތްތަކަކީ 2025ގައި އަލަށް އިމާރާތްކުރޭ މިސްކިތްތަށް ކަމަށެވެ. މި މިސްކިތްތަށް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރެވި، ނެވިލޯން ވެސް އަޅާނެ ކަމަށް ވިދާޅުވިއެވެ.
މިސްކިތްތަށް ޑިޒައިން ކުރެވިފައި ވާނީ ކޮންމެ މިސްކިތެއްގައި ވެސް ގުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއެކު ކަމަށާއި އެ މަޝްރޫއުތަކަކީ ސަރުކާރުގެ ޚަރަދުގައި ކުރިއަށް ގެންދެވޭ މަޝްރޫއުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއުތަކުގެ މަސައްކަތް ރޯދަމަސް ފަހުން ފެށިގެންދާނެ ކަމަށެވެ. މި މިސްކިތްތައް ކުރަހާފައިވަނީ ރިޔަން އިންނެވެ.
ޝަހީމް ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހާއި ސަގާފަތާއި މާހައުލާއި ގުޅޭގޮތައް ޑިޒައިންކުރެވިފައިވާ މިސްކިތްތަކެއް ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 300 މީހުންނާއި 500 މީހުންގެ އިތުރުނަ 700 މީހުންނަށް ނަމާދުކުރެވޭނެ 3 ސައިޒްގެ މިސްކިތްތަކެއް ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ