ކުރިޔަށް އޮތް ރަމަޟާން މަހު ސަރުކާރުން ހިލޭ ބަހާ މަސްދަޅު ކޭސްތައް ބަހާނެ އިތުރު ތަނެއް ހަމަޖައްސަވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
މަސްދަޅު ކޭސްތައް ބަހަނީ ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ބެލުމުގެ ދަށުންނެވެ. މަސްދަޅު ކޭސްތައް މާލެ ސަރަހައްދުގައި ބަހަނީ ހަތަރު ސަރަހައްދެއްގައެވެ.
މާލޭ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ނިންމިފައިވާ ސަރަހައްދުތައް:
• މާލޭގައި: މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލް
• ވިލިމާލޭގައި: ވެމްކޯ ސައިޓް
• ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިންގ
• ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު
މިނިސްޓަރު އޮފް ސިޓީސް ލޯކަލް ގަވަރުމަންޓް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޭ މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ ކަންކަމާއި އާއްމުން އެކަމަށް އިޖާބަ ދެއްވި މިންވަރަށް ބަލައި، ރޯދަ ހަދިޔާ ބަހާނެ އިތުރު ތަނެއް ހަމަޖައްސައި، ހޮނިހިރު ދުވަހުގެ ކުރިން އާއްމު ކުރާނެ ކަމަށެވެ.
މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށާއި ރައްޔިތުން ދެއްވި އެއްބާރު ލެއްވުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެސްޓީއޯ އިން އިއްޔެ ބުނީ 1446 ވަނަ އަހަރު ރަމަޟާން މަހަށް ގޭބީސީތަކަށް ސަރުކާރުން ދެއްވާ މަސްދަޅު ކޭސް 20 ފެބްރުއަރީ 2025 ން ފެށިގެން 27 ފެބްރުއަރީ 2025 ގެ ނިޔަލަށް ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މަސްދަޅު ބަހަން ފަށާ ގަޑިތައް:
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ