މިދިޔަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިމަހުގެ 19ވަނަ ދުވަހާއި ހަމައަށް 365،829 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް 241،863 ފަތުރުވެރިން ރާއްޖެ އަށް ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 19ވަނަ ދުވަހުގެ ނިޔަލަށް، 150،966 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، މިއަހަރުގެ މިހާތަނަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 6.7 ޕަސެންޓުގެ އިތުރުވުމެއް ކަމަށެވެ.
އެވްރެޖު ގޮތެއްގައި މިއަހަރުގެ މިހާތަނަށް ކޮންމެ ދުވަހަކުވެސް ރާއްޖެއަށް 7،317 ފަތުރުވެރިން ޒިޔާރަތް ކުރާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ބުންޏެވެ.
އަހަރުގެ މިހާތަނަށް ފަތުރުވެރިން އެންމެ ގިނައިން އައިސްފައިވާ ފަސް ގައުމު:
- ޗައިނާ: 54،648 ފަތުރުވެރިން
- ރަޝިޔާ: 36،371 ފަތުރުވެރިން
- އިނގިރޭސިވިލާތް: 35،566 ފަތުރުވެރިން
- އިޓަލީ: 32،825 ފަތުރުވެރިން
- ޖަރުމަނު: 22،095 ފަތުރުވެރިން
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ