ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ފަހަކަށް މަދު ކުރުމަށް ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅަައިފިއެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ.
މިހާރު ހަތް ފަނޑިޔާރުން ތިއްބަވާ ބެންޗު ބަދަލުކުރަން ހުށަހަޅާ ސަބަބެއް ކަމަށް ބިލުގައި ވަނީ ކުރިއެކޭ އެއްގޮތަށް ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ފެންނާތީ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ހުށަހަޅާފައި މިވަނީ، އެ ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ސަރުކާރުން އިސްވެ ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ބުނެ ބައެއް މީޑިއާތަކުން އެކަން ރިޕޯޓު ކޮށްފައި ވަނިކޮށެވެ.
ކުރިން ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗު އެންމެ ފުރަތަމަ ބަދަލުކުރީ ޕީޕީއެމްގެ ވެރިކަމުގައެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި 2014ވަނަ އަހަރު ބެންޗުގެ އަދަދު 5 އަށް ބަދަލުކުރީ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކި ކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކަށް އަނެއްކާވެސް ބަދަލުކުރީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެގޮތަށް ބަދަލު ކުރުމަށް އޭރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން ބަދަލު ކުރެއްވިއެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ބަދަލު ކުރަން އިސްލާހު ހުށަހަޅާފައި މިވަނީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަމުން އަންނަ ދަނޑިވަޅެއްގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ