ކުރިޔަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށްގެން ކާބޯތަކެތީގެ ހިދުމަތް ދެމުން ގެންދާ ތަންތަން ބަލާ ފާސް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި ބަލާ ފާސް ކުރުންތައް ކުރިޔަަށް ގެންދަނީ މާލެ ސަރަހައްދުތަކުގެ އިތުރުން އެކިއެކި ރަށްރަށުގައެވެ. މިކަން ކުރިޔަށް ގެންދަނީ ފުޑް އެންޑް ޑްރަގު އޮތޯރިޓީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެންނެވެ.
މި ދެ އިދާރާގެ މުވައްޒަފުން މިއަދު ވަނީ، މަސްމާރުކޭޓަށާއި ލޯކަލް މާރުކޭޓު ފަދަ ތަންތަން ބަލާ ފާސްކޮށްފައެވެ.
ކާބޯތަކެތި ވިއްކާ ތަންތަން ބަލާ ފާސް ކުރުން ކުރިޔަށް ގެންދަނީ، ހެނދުނު 9 އިން ހަވީރު 4 އަށެވެ. މި ބަލާ ފާސް ކުރުމުގެ ތެރޭގައި ފްރިޖުގައި ކާބޯތަކެތި ބަހައްޓާފައި ހުންނަ ގޮތާއި ވަކި ފިނިހޫނުމިނެއްގައި ބަހައްޓަން ލޭބަލްގައި އިރުޝާދު ދީފައިވާ ތަކެތި އެ އިރުޝާދާ އެއްގޮތަށްތޯ ބަލާނެއެވެ.
މީގެއިތުރުން މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ވިއްކާތޯއާ ތަކެތި ބަންދު ކޮށްފައި ހުރީ ރަނގަޅަށްތޯ އާއި ގުދަންކުރާ ތަކެތި ގުދަން ކޮށްފައި ހުރީވެސް ރަނގަޅަށްތޯ ބަލާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ