ސަރުކާރުން މިއަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ދެމުން އަންނަ ރޯދަ ހަދިޔާ މާލެ ސިޓީގެ 15،000 ގޭބިސީތަކަށް ބަހައިފިއެވެ.
މިނިސްޓްރީ އޮފް ސިޓީސް އެންޑް ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސަރަހައްދުގައި ޖުމުލަ ފަނަރަ ހާސް ގޭބިސީއަށް ރޯދަ ހަދިޔާ ދޫކޮށްފައިވާ ކަމަށެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ދޫކުރަނީ މަސްދަޅު ކޭހެކެވެ.
ރޯދަމަހުގެ ކުރިން މިއޮތް ދުވަސްތަކުގައި، މުޖުތަމައުގައި ހާއްސަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އިތުރަށް ފަސޭހަކޮށްދިނުމަށް ސަމާލުކަންދީގެން ކުރިޔަށްގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ހުރިހާ ގޭބިސީއަކަށް ލިބެންދެން ކުރިޔަށްދާނެކަމުގެ ޔަގީންކުރަން އަރުވަން. ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މަސްދަޅު ކޭސް އެންމެ ފުރަތަމަ ބަހަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައެވެ. އެ ރޭ މާލޭ ސިޓީގެ އެކި އަވަށްތަކުގައި މަސްދަޅު ބެހުން ކުރިޔަށް ގެންދިޔައިރު ގިނަ އަދަދެއްގެ ބަޔަކު ކިއު ހެދިއެވެ. ކިއޫގައި ގިނަ ވަގުތު ތިބެން ޖެހުމުން އާއްމުން ޝަކުވާ ވެސް ކުރިއެވެ. ޖެހިގެން އައި ދުވަހު ސަރުކާރުން ވަނީ އެކަމަށް ހާއްސަ ޕޯޓަލެއް ކަނޑައަޅާ ނަންބަރު ދޫކޮށްގެން މަސްދަޅު ކޭސް ލިބޭނެ ގޮތް ހަދައިފައެވެ.
މިނިސްޓަރު އާދަމް ޝަރޫފް ވިދާޅުވީ މިހާރު ހަމަޖައްސައިދެވިފައިވާ އިންތިޒާމުތަކާއެކު ވަރަށް ފަސޭހަ ގޮތެއްގައި ކުރިޔަށްދާކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ