ރައްޔިތުން ބޭނުން ނަމަ އެ މީހެއްގެ އަމިއްލަ ގޭގައި ހައުސިން ޔުނިޓް އަޅައި ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދ. އަތޮޅަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މީދޫ އަށް ވަޑައިގެން ރޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވަވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އަމިއްލަ ގޯއްޗެއް އޮތް ނަމަވެސް އެތަނުގައި އިމާރާތް ކުރާނެ ތަނަވަސްކަން ނުހުންނަ ފަރާތްތަކަށް ސަރުކާރުން ހައުސިން ޔުނިޓް އަޅައި ދޭނެ ކަމަށެވެ. އެ ހައުސިން ޔުނިޓަކީ ތިން ކޮޓަރީގެ ހައުސިން ޔުނިޓެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރަށުގައި ގޯތި ލިބިފައި ހުސްކޮށް އޮތް ގޯއްޗެއް ކަމަށްވާ ނަމަ އެ ގޯތީގައި މި ޕްރޮޖެކްޓްގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓް މި އަޅަނީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެ މަޝްރޫއު އަކީ ސަރުކާރުން ކުރިޔަށް ގެންދާ ހައުސިން ޔުނިޓުތައް އެޅުމުގެ މަޝްރޫއުގެ ތެރެއިން ކުރާ ކަމެކެވެ. ރައީސް ވިދާޅުވީ ރަށްރަށުގައި ސަރުކާރުން އިމާރާތް ކުރާ ހައުސިން ޔުނިޓުތަކުގެ އަދަދުތައް ކަނޑައަޅާނީ، އަމިއްލަ ގޭގައި ހައުސިން ޔުނިޓު އެޅުމަށް ބޭނުންވާ ފަރާތްތަކުގެ އަދަދު ކަނޑައަޅާ ނިމުމުން ކަމަށެވެ.
ރައީސް މުއިއްޒު ވަނީ މީދޫގައި ވެސް އަމިއްލަ ގޭގައި ހައުސިން ޔުނިޓު އަޅަން ޝައުގުވެރިވާ ފަރާތްތަކުގެ މައުލޫމާތުތައް އެއްކޮށް، އެކަން މިނިސްޓްރީއާ ހިއްސާ ކުރުމަށް އެރަށު ކައުންސިލްގައި އެދިވަޑައިގެންފައެވެ.
ރައީސް ވިދާޅުވީ އެއީ ވަކި މީދޫ އަށް ހާއްސަ ކޮށްފައިވާ މަޝްރޫއުއެއް ނޫން ކަމަށާއި ސަރުކާރުން ހައުސިން ޔުނިޓު އަޅަން އިއުލާން ކޮށްފައިވާ ހުރިހާ ރަށެއްގައިވެސް އެކަން އެގޮތަށް ކުރިޔަށް ގެންދަވާނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ