ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ފުލުހުންނަށް ހާއްސަކޮށް އިމާރާތް ކޮށްފައިވާ ފްލެޓުތަކުގެ މައްސަލާގައި ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯއަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައި އެކުންފުނީގެ ސީއީއޯގެ މަގާމުގައި ހުންނެވި، އިންސްޕެކްޓަރު އޮފް ޕޮލިސް އަހްމަދު އަނީސް އެ މަގާމުން އެކަހެރިކޮށް ކުންފުނި ހިންގުން ސެކްރެޓަރީއާ ހަވާލުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އަނީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެކުންފުނީގެ ބޯޑަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިމަހުގެ 23ވަނަ ދުވަހު ބޭއްވި ޕޮލްކޯގެ ބޯޑު ބައްދަލުވުމުގައި ކުންފުނީގެ ސީއީއޯގެ ޒިންމާތަކުން އަނީސް އެކަހެރި ކުރުމަށް ނިންމާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ޕޮލްކޯ ދުވަހުން ދުވަހަށް ހިނގާ ޒިންމާތައް ބެލެހެއްޓުމަށް އެކުންފުނީގެ ސެކްރެޓަރީ އިބްރާހީމް ހަލީލާ ހަވާލު ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އޭނާ އަކީ 2020ވަނަ އަހަރުން ފެށިގެން ޕޮލްކޯގެ ސެކްރެޓަރީގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ފުލުހުންގެ ފްލެޓުތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަންނަނީ އަވަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. އަދި ދެ ފަހަރެއްގެ މަތީން އޭސީސީން ވަނީ ޕޮލްކޯ އަށް ވަދެ، ލިޔެކިއުންތަކެއް ގެންގޮސްފައެވެ.
ފުލުހުންގެ ފްލެޓުތަކަކީ 355 މިލިއަންގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއުއެއް ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓެއްގައިވެއެވެ. އަދި އެ ފްލެޓުތަކަށް ޖުމްލަ 1 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެ މަޝްރޫއުގެ ދަށުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާތަކެއް ލިބިދޭ ގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެގޮތުން މަޝްރޫއުގެ ކޮންޓްރެކްޓަރަށް ސީދާ ފައިދާވާ ގޮތަށް އަދި ދައުލަތަށް ގެއްލުންވާ ގޮތަށް މަސައްކަތްތައް ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުގެ ރިޕޯޓުގައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ