އިދިކޮޅު އެމްޑީޕީގެ 12 މެންބަރަކު ސޮއި ކުރައްވަވާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި، އެމަނިކުފާނުގެ އިތުބާރު ނެތް ކަމަކަށް ފާހެއް ނުވިއެވެ.
އެ މައްސަލާގައި އިހުސާނަށް ޖަވާބުދާރީވުމަށް ވެސް ފުރުސަތު ދިނެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި އިހުސާން ވަނީ މަޖިލީހަށް ވަޑައިގެން މައްސަލަ އަށް ޖަވާބުދާރީވެފައެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރެވެ. ނަމަވެސް މިއަދު ބޭއްވި ޖަލްސާގައި އިހުސާންގެ އިތުބާރު ނެތް ކަމަކަށް ފާހެއް ނުވިއެވެ.
މަޖިލިސް ޖަލްސާގައި ނެގި ވޯޓުގައި އިހުސާންގެ އިތުބާރު ނެތް ކަމަށް ވޯޓު ދިނީ 11 މެންބަރެކެވެ. އިތުބާރު އޮތް ކަމަށް 75 މެންބަރުން ވޯޓު ދެއްވިއެވެ.
އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާއެކު ރާއްޖޭގެ އެކްސްޕެޓް ސިސްޓަމް ހަދަން އެއްބަސްވެފައިވާ މައްސަލަ ފާހަގަ ކޮށްފައިވެއެވެ. މީގެއިތުރުން ވެސް ފުލުހުންނަށް ސިޔާސީ ނުފޫޒު ފޯރުވުން ވެސް ހިމެނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ