ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަތުމަށް ޕީއެންސީގެ 11 މަޖިލިސް މެންބަރަކު ބައިވެރިނުވާ ކަމަށް ބުނާ ވާހަކަ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ދޮގު ކުރައްވައިފިއެވެ.
ބައެއް މީޑިއާތަކުގައި އެ ބިލު ބަލައިގަތުމަށް މިއަދު މަޖިލިސް ޖަލްސާގައި ނެގި ވޯޓުގައި 11 މެންބަރުން ބައިވެރި ނުވާ ކަމަށް ބުނެ ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް ފަލާހް އެކަން ދޮގު ކުރެއްވިއެވެ.
އެކްސްގައި ފަލާހް ހިއްސާ ކުރެއްވި ލިޔުމެއްގައި ވިދާޅުވެފައި ވަނީ، ބައެއް މީޑިއާތަކުގައި ލިޔެފައިވާ 11 މެންބަރުންގެ ތެރެއިން 9 މެންބަރަކު ތިއްބެވީ ޕާޓީގެ ދަތުރުތަކުގައި މާލޭން ބޭރުގައި ކަމަށެވެ.
"މިއަދުގެ ޖަލްސާއަށް ހާޒިރުވެ ވޯޓު ނެގި ވަގުތު، ޕީއެންސީގެ ދެ މެންބަރަކު ވޯޓުގައި ބައިވެރިވެފައި ނުވަނީ ކީއްވެގެންތޯ އާއި އެހެން ދިމާވި ސަބަބު ޕީޖީ ލީޑާޝިޕުން މިހާރު މިދަނީ ބަލަމުން،" ފަލާހް ވިދާޅުވިއެވެ.
މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި މި ބިލު ބަލައިގަތީ 64 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމާއި ދެކޮޅަށް 12 މެންބަރުން ވޯޓު ދެއްވިއެވެ.
އެ ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ.
މިހާރު ހަތް ފަނޑިޔާރުން ތިއްބަވާ ބެންޗު ބަދަލުކުރަން ހުށަހަޅާ ސަބަބެއް ކަމަށް ބިލުގައި ވަނީ ކުރިއެކޭ އެއްގޮތަށް ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ފެންނާތީ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ