ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، އެ ފްލެޓު ލިބޭނެ މީހުންގެ ލިސްޓު މި ހަފްތާގެ ބުރާސްފަތި ދުވަހު އާއްމު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދ. އަތޮޅަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ހުޅުދެއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވަވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ބުރާސްފަތި ދުވަހު ފްލެޓު ލިސްޓު އާއްމު ކުރައްވާނެ ކަމަށެވެ. އަދި ފްލެޓު ލިސްޓުގައި ފްލެޓު ލިބޭ މީހުންނާއި ފްލެޓު ނުލިބޭ ފަރާތްތަކަށް ފްލެޓު ނުލިބޭ ސަބަބު ވެސް ބަޔާން ކޮށްފައި ވާނެ ކަމަށެވެ.
އެ ލިސްޓު ނެރުމަށްފަހު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރިޔާސީ ބަޔާން އިއްވަމުން ރައީސް ވަނީ ކުރީ ސަރުކާރުން އިމާރާތް ކޮށްފައިވާ ފްލެޓު ލިބޭނެ ކަމަށް އިއުލާން ކޮށްފައިވާ 4،000 މީހުންގެ ލިސްޓާއި މެދު އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ އެންގުންތަކާއެކު އެ ލިސްޓުގެ ސައްހަކަން ބެލުން އޮތީ މި ސަރުކާރުން ހައްލުކުރަން ޖެހިފައި އޮތް ވަރަށް ހައްސާސީ މައްސަލައެއްގެ ގޮތުގުގައި ކަމަށް ވިދާޅުވެފައެވެ.
އަދި ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ޙަވާލު ކުރަމުން ގޮސް މި އަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ހައްގުވެރި ފަރާތްތަކާ ހަވާލުކޮށް ނިންމާލެވޭނެ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ