ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލާގައި އެދިފައިވާ ވަގުތީ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައިވާ އަޑުއެހުން ކެންސަލްކޮށްފިއެވެ.
ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި އޭނާގެ ފަރާތުން އެދިފައިވަނީ އެ މައްސަލަ ނިމެންދެން އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލޭ ފަދަ ފިޔަވަޅެއް ނޭޅުމަށެވެ.
އެ މައްސަލާގެ އަޑުއެހުމެއް މިއަދު ހެނދުނު 11:00 އަށް ސުޕްރީމް ކޯޓުން ތާވަލް ކޮށްފައިވެ އެވެ. އަޑުއެހުން ކެންސަލް ކޮށްފައި މިވަނީ ވަކީލުން ވެއްދުމަށްފަހުއެވެ.
މި މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފައި މިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑު ކޮށްފައި ވާތީއެވެ. ސަސްޕެންޑު ކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރުއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ