ކުރިޔަށް އޮތް ރަމަޟާން މަހު ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށްޓަކައި، ރޯދަމަހު ވަކި ބިލެއް ދޭން ސްޓެލްކޯ އިން ނިންމައިފިއެވެ.
މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ ރޯދަމަހު ކަރަންޓު ބިލުން ޑިސްކައުންޓު ދޭން ސަރުކާރުން ނިންމާފައިވާކަން އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
އެކަމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނިން ބުނީ ކަރަންޓު ބިލުތައް ތައްޔާރު ކުރުމަށް ރީޑިން ނެގުމަށް އާއްމުކޮށް 12 ދުވަސް ހޭދަވާ ކަމަށެވެ. އެހެންކަމުން މިދިޔަ އަހަރު ބައެއް ގެތަކަށް ދެމަހުގެ ކަރަންޓު ބިލުން ވެސް ޑިސްކައުންޓު ދޭން ޖެހުނު ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އެހެންކަމުން ސްޓެލްކޯ އިން ނިންމީ މިފަހަރު އެކަން ތަކުރާރުވިޔަ ނުދިނުމަށެވެ. އެގޮތުން މިފަހަރު ރީޑިން ނަގާނީ މާދަމާ އަދި ރޯދަމަހުގެ ފަހު ދުވަހުއެވެ. އަދި ރޯދަމަހަށް ވަކި ހާއްސަ ބިލެއް ދޭން ވަނީ ނިންމައިފައެވެ.
ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމުގައި މިދިޔަ އަހަރުގެ 9 މަހަށް ބަލާނެއެވެ. އެ މަސްތަކަށް ބަލައިގެން ކަރަންޓު ބިލުން ޑިސްކައުންޓު ދޭނީ އިތުރުވާ އަދަދަށް ބަލައިގެން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ