ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ވަނީ ސުއޫދުއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލާ މައްސަލައިގެ ނޯޓިސް ލީކުވެފައެވެ. އެ ނޯޓިސް އަކީ ސައްހަ ނޯޓިސްއެއްކަން "ހަތާވީސް" އަށް ވަނީ ކަށަވަރުވެފައެވެ.
ސުއޫދު ހާޒިރު ކުރަނީ ހައިކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފު ސުޕްރީމް ކޯޓަށް ހާޒިރު ކުރި މައްސަލައަކާއި ގުޅިގެންނެވެ. އެ ނޯޓިސްގައި ބުނެފައި ވަނީ ހަނީފު ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ހަޑި ހުތުރުކޮށް ވާހަކަދައްކާފައިވާ ކަމަށެވެ.
އަދި ސުޕްރީމް ކޯޓުގައި ވަކި ގޮތަކަށް އަމަލުކުރަން އަންގާފައި ވަނިކޮށް އެއާ ހިލާފަށް އެކޯޓުން ހައިކޯޓުގެ މުވައްޒަފަކު ހާޒިރުކޮށްގެން ހިންގި ކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސުއޫދަށް ފޮނުވި ނޯޓިސްގައި ބުނެފައިވެއެވެ.
އެ މައްސަލަ ބަލަމުން ދަނީ، ޖޭއެސްސީގެ އަމިއްލަ އިސް ނެގުމުގެ މަތިން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ޖޭއެސްސީން ސުއޫދުގެ ސުލޫކީ މައްސަލައެއް ބަލާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި އެ ކޯޓުގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ވެސް ޖޭއެސްސީން ބަލަމުން އަންނަ ކަމަށް ބައެއް މީީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.
މި ތިން ފަނޑިޔާރުންވެސް މިއަދު ޖޭއެސްސީން ވަނީ ސަސްޕެންޑުކޮށްފައެވެ. ޖޭއެސްސީން އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރިއިރު މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ބެންޗު ހަތަކުން ފަހަކަށް ބަދަލުކުރަން ފާސްކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ