ގެދޮރުވެރިޔާ ސްކީމުގެ ދަށުން ނިމިދިޔަ ސަރުކާރުން އިމާރާތްކުރަން ފެށި 4،000 ފެލްޓުތަކުގެ އަގު ބޮޑުކޮށްފިއެވެ.
ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމު ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހައުސިން މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވީ ދެ ކޮޓަރި އެޕާޓްމަންޓަކަށް 7،000ރ. އަދި މެއިންޓެނަންސް ފީއަށް 1،000ރ. ކަމަށެވެ. މީގެ އިތުރުން ތިން ކޮޓަރި އެޕާޓްމަންޓަކަށް 9،000ރ. އަދި މެއިންޓެނަންސް ފީއަށް 1،000ރ. ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ކަނޑައެޅީ ކުރީގެ ސަރުކާރުން ފެލްޓުތަކަށް ކަނޑައެޅި އަގަކީ ފްލެޓުތައް އިމާރާތް ކުރަން ނެގި ލޯނުތައް ދެއްކޭ ވަރުގެ އަދަދަކަށް ނުވާތީ ކަމަށެވެ.
ކުރީ ސަރުކާރުން ދެ ކޮޓަރީގެ އެޕާޓްމަންޓަށް ކަނޑައެޅި އަދަދު:
- ދެ ކޮޓަރީގެ އެޕާޓްމަންޓް ކުލި 5،000 ރުފިޔާ
- މެއިންޓެނަންސް ފީ - 1,000 ރުފިޔާ
ކުރީ ސަރުކާރުން ތިން ކޮޓަރީގެ އެޕާޓްމަންޓަށް ކަނޑައެޅި އަދަދު:
- ތިން ކޮޓަރީގެ އެޕާޓްމަންޓް ކުލި 7،000 ރުފިޔާ
- މެއިންޓެނަންސް ފީ - 1,000 ރުފިޔާ
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ