މި ރާއްޖޭގައި މިހާރު ޤާނޫނީ ސަރުކާރެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު ވިދާޅުވީ މި ސަރުކާރުން ޤާނޫނީއަސާސީއާ ކުޅެ، ކޯޓުތަކަށް "އަތް ބާނައިފި" ކަމަށާއި މަޖިލިސް މެމްބަރުންގެ ކަރުގައި ވާޖަހައި، މަޖިލީހަކީ އެންމެ މީހަކު ކޮންޓްރޯލްކުރާ ތަނަކަށް ހަދާފައިވާ ކަމަށެވެ.
އެމްޑީޕީ ހަރުގޭގައި ރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ޤާނޫނުއަސާސީ ދިވެހިން ބަލައިގަތީ، އުއްމީދުތަކެއް ހާސިލް ކުރުމަށް ކަމަށެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީ އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ޤާނޫނުއަސާސީ އޮޅާލައި، އެބޭފުޅުން ބޭނުން ގޮތެއް ހަދަމުންދާ ކަމަށް މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވިއެވެ.
ނަމަވެސް އެކަންކަން ދެމި ނޯންނާނެ ކަމަށާއި، 2013 އިން 2018 އަށް އޮތް ސަރުކާރުން ވެސް ކުރި ކަންކަން އޭގެ ފަހުގައި އައި އެމްޑީޕީ ސަރުކާރުން އެ ކަންކަން ބަދަލުކުރިކަން ޝާހިދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސަރުކާރުގެ އަނިޔާވެރިކަމުގެ ސަބަބުން، ރޯދަ މަހާއި ބައްދަލުކުރާއިރު ލިބޭ އުފަލުގެ ބަދަލުގައި ދިވެހިންނަށް މިއަދު ލިބުނީ ހިތާމަވެރިކަން ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ފްލެޓް ލިސްޓް ނެރުމުގެ ނަމުގައި އޮޅުވާލުމުގެ ތެރެއިން އެތައް ހާސް ބައެއްގެ ބޯހިޔާވަހިކަމުގެ ހައްގުން ސަރުކާރުން މަހުރޫމުކުރީ ކަމަށް ޝާހިދު ތުހުމަތުކުރެއްވިއެވެ. ވާހަކަ ނިންމަވާލެއްވީ މާޔޫސްވެނުލެއްވުމަށް ދިވެހިރައްޔިތުންނަށް ގޮވާލައްވަމުންނެވެ. އޭނާ ވިދާޅުވީ ހުދުމުޚުތާރު ވެރިކަން ގެންގުޅޭ އެންމެ މޮޅު އެއް އުކުޅަކީ ރައްޔިތުން މާޔޫސްކޮށްލުން ކަމަށެވެ. އެހެންކަމުން އެކަން ކުރަން ސަރުކާރަށް ފުރުސަތު ނުދިނުމަށް ޝާހިދު އެދިވަޑައިގަތެވެ. އަދި އެމްޑީޕީން ނުކުމެ ސަރުކާރު ބަލިކޮށްލައި، ސަރުކާރު ބަދަލުކުރާނެ ކަމަށް ޝާހިދު ވިދާޅުވާ ވިދާޅުވުން ރޭގައިއިވެސް ތަކުރާރުކުރެއްވިއެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި