ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިން ފިޔާ ބިސް އަދި އަލުވި ވިއްކާ އަގުތަކަށް ބަދަލު ގެނެސްފިއެވެ.
އެސްޓީއޯ އިން އިމްޕޯޓްކުރާ މައިގަނޑު ތަކެތީގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ. އެތަކެތި އިމްޕޯޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަމަހު އެ ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމެވެ.
ރަމަޟާން މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ، އެފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯ އިން އަބަދުވެސް ގެންގުޅޭ އަމާޒެކެވެ. އަދި އެތަކެތީގެ އަގު ކަނޑައަޅާފައި ވަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށްގެންނެވެ. އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާއި ގުޅިގެން އެސްޓީއޯ އިން ވިއްކާއަގަށްވެސް ބަދަލު ގެނެވޭނެއެވެ.
ފިޔާ، އަލުވި، އަދި ބިސް ވިއްކާއަގަށް ގެނެސްފައިވާ ބަދަލުތައް:
ފިޔާ: ބަސްތާއެއް 335 ރުފިޔާއަށް، އަދި ކިލޯއެއް 14 ރުފިޔާއަށް
ބިސް: ކޭހެއް 350 ރުފިޔާއަށް، އަދި ވަކިން 2 ރުފިޔާއަށް
އަލުވި: ބަސްތާއެއް 515 ރުފިޔާއަށް، އަދި ކިލޯއެއް 25 ރުފިޔާއަށް
އެސްޓީއޯ އިން މިއަދު ބުނީ އެކުންފުނިން ބާޒާރަށް ތާޒާ ލޮނުމެދު ވެސް މިހާރު ނެރެފައިވާ ކަމަށެވެ. ލޮނުމެދު މިވަގުތު ވިއްކަން ހަމަޖެހިފައިވަނީ 45 ރުފިޔާއަށް ކިލޯއަށެވެ. ލޮނުމެދު ލިބެންހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ