އިއްޔެގެ އިރުއޮއްސުނު ވަގުތުން ފެށިގެން ރޭގެ ފަތިހާއި ހަމައަށް ވެހެނު ބޯ ވާރޭގައި މާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 16،000 އަށްވުރެ ގިނަ ޓަނުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
މާލެ އަށް ވެހުނު ވާރޭގައި މާލޭގެ އެކި ސަރަހައްދުތަކުގައި ބޮޑުވެފައިވާ ފެން ހިންދުމަށް 13 ޕަމްޕެއް ސިފައިން ބޭނުންކުރިއެވެ. އެމްއެންޑީއެފުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި މާލޭގެ 131 ގެއަކަށް އެހީތެރިކަން ފޯރުކޮށްދިނެވެ.
މާލޭ ސިޓީގެ ފެންބޮޑުވެފައިވާ ސަރަހައްދުތައް މިހާރު ވަނީ އާންމު ހާލަތަށް ގެނެވިފައެވެ. އަދި އެމްއެންޑީއެފް އިން މިހާރު ވަނީ ފެން ހިންދުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އެމްއެންޑީއެފް އިން މިއަދު ބުނީ އެ އޮޕަރޭޝަންގައި 16،911 ޓަނުގެ ފެން ހިންދާފައިވާ ކަމަށެވެ.
މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކަށް ވެސް އެމްއެންޑީއެފް އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކ.ހުރާ، ކ.ގުރައިދޫ، ކ.ހިންމަފުށި، ކ.ތުލުސްދޫ ކ.މާފުށި، އދ.މާމިގިލީގައި ފެން ހިންދުމުގައި އެމްއެންޑީއެފް އިން ހަރަކާތްތެރިވެފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ