ޗައިނާއިން ފިލައިގެން އައިސް ތައިލެންޑުގައި ތިއްބާ އެގައުމުން ހައްޔަރުކުރި ޗައިނާގެ އުއިގަރ ދަރިކޮޅުގެ މުސްލިމުންގެ 40 މީހަކު، އަނބުރާ ޗައިނާއާއި ހަވާލުކުރުމުން ތައިލެންޑަށް ފާޑުކިޔުމާއި ނުރުހުން އަމާޒުވެއްޖެއެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި މި 40 މީހުން ފޮނުވާލީ ތައިލެންޑާއި ޗައިނާގެ ގާނޫނުތަކުގެ އިމުގެ ތެރެއިންކަމަށް ތައިލެންޑުން ބުންޏެވެ. އެހެންނަމަވެސް އެމީހުން ފޮނުވާލަން އުޅޭ ވާހަކަ ތައިލެންޑުން ދޮގުކުރިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ.
އޮސްޓްރޭލިއާ، އެމެރިކާ، އދ އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ ތައިލެންޑު ސަރުކާރުގެ ނިންމުމަށް ފާޑުކިޔަމުންނެވެ. ޗައިނާގެ ބައިމަދު މުސްލިމުންނާއި މެދު އެގައުމުގެ ސަރުކާރުން ލާއިންސާނީ އަމަލުތަކެއް ހިންގަމުންދާކަމަށް ތަކުރާރުކޮށް ގައުމުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ޖަމްއިއްޔާތަކުން ބުނަމުން ދަނިކޮށް، ޗައިނާއާއި ހަވާލުކުރި މީހުންނާމެދު އަދި މާ އިހާނެތިކޮށް އެގައުމުން ކަންތައް ކުރާނެކަމަށް ބެލެވެއެވެ.
މި މިއްސަލައިގައި އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް ވަނީ ތައިލެންޑަށް ފާޑުވިދާޅުވެ، އަނބުރާ ގެންދިޔަ އުއިގަރ މުސްލިމުންގެ ހައްގުތަކަށް ފަރުވާތެރިވުމަށް ޗައިނާ ސަރުކާރަށް ގޮވާލައްވާފައެވެ. އޮސްޓްރޭލިއާއިން މިހާރުވެސް އުއިގަރ ދަރިކޮޅުގެ ގިނަ ބަޔަކަށް ހިމާޔަތް ދީފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ