ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދުގެ އިސްތިއުފާ ސިޓީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވައިފިއެވެ.
ސުއޫދު އެ މަގާމުން އިސްތިއުފާ ދެއްވީ މިއަދުއެވެ. ސުއޫދު އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ސޯޝަލް މީޑިއާގައި މިހާރު ވަނީ އާއްމުވެފައެވެ. އެ ސިޓީގައި ސަރުކާރުން އަދުލު އިންސާފު ކުރުމުގެ ބާރަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެފައިވެއެވެ. އޭނާ އިސްތިއުފާ ދެއްވި ސިޓީ ފޮނުވީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. ޖޭއެސްސީ އަށް ސިޓީ ފޮނުވާފައެއް ނުވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސުއޫދު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެ މެންބަރަކު ނިސްބަތްވާ ޕާޓީން އެ މެންބަރަކު ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު، ސަރުކާރުން އަދުލު އިންސާފު ކުރުމުގެ ބާރަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށެވެ.
ޖޭއެސްސީ އަށް ސުއޫދުގެ އިސްތިއުފާ ސިޓީ ނުލިބޭތީ އޭނާއާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތައް ދިޔައީ ބަލަމުންނެވެ.
ސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހު ޖޭއެސްސީން ވަނީ ސަސްޕެންޑު ކޮށްފައެވެ. އެ ދެ ފަނޑިޔާރުން ސަސްޕެންޑުކުރީ އޭސީސީން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ