ފަނޑިޔާރުންނަށް ނުފޫޒު ފޯރުވީ ކޮން ދުވަސްވަރެއްގައިކަން އެނގޭ ކަމަށް ބަންޑާރަ ނާއިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އެކްސްގައި އުޝާމް ވަނީ 2018ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ފަނޑިޔާރުންނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހިއްސާ ކުރައްވައިފައެވެ.
އެ މުއްދަތުގައި 8 ފަނޑިޔާރުން ވަކި ކޮށްފައިވެއެވެ. ސަސްޕެންޑުކުރި ފަނޑިޔާރުންގެ އަދަދަކީ 12 އެވެ. ތިން ފަނޑިޔާރެއްގެ މަގާމު ދަށްކުރިއިރު ސުލޫކީ މައްސަލަ ސާބިތުވެ 33 ފަނޑިޔާރަކަށް ނަސޭހަތް ދީފައިވެއެވެ.
މި ސަރުކާރުގެ މިހާތަނަށް ސަސްޕެންޑުކުރި ފަނޑިޔާރުންގެ އަދަދަކީ ތިނެކެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އެވެ. މީގެތެރެއިން ސުއޫދު ވަނީ މިހާރު މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
މި ސަރުކާރުގެ މިހާތަނަށް ފަނޑިޔާރުންނަށް ނަސޭހަތް ދީފައި ވަނީ ދެ ފަނޑިޔާރަކަށް ކަމަށް އުޝާމް ހިއްސާކުރި ތަފާސް ހިސާބުގައިވެއެވެ.
އުޝާމް ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޖޭއެސްސީ އިން ފަނޑިޔާރުންނާމެދު އަޅާފައިވާ ފިޔަވަޅުތަަކަށް ބަލާއިރު ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކޮން ދުވަސްވަރެއްގައިކަން ވަރަށް ސާފު ކަމަށެވެ.
ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން “ސުލޫކީވުން” ނިމުމަކަށް ގެނައީ ނޮވެމްބަރ 2023 އިން ފެށިގެން ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
އުޝާމް މިފަދައިން ވިދާޅުވެފައި މިވަނީ ސަރުކާރުން ޖުޑީޝަރީ އަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަދައްކަމުން އަންނަ ދަނޑިވަޅެއްގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ