އިދިކޮޅު އެމްޑީޕީގެ ސިލްސިލާ މުޒާހަރާ ތެރެއިން، ރޭ ހައްޔަރު ކުރި މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް އިބްރާހިމް އަބްދު(ގައްބެ) ބަންދުން ދޫކޮށްލައިފިއެވެ.
އޭނާ ދޫކޮށްލީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، މިއަދު މެންދުރުފަހު އެވެ.
ގައްބެގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު "ހަތާވީސް"އަށް ވިދާޅުވީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދިނުމަށް ފުލުހުން ކޯޓުގައި އެދުނު ކަމަށާއި އެގޮތަށް އެދުނީ ފުލުހެއްގެ ގައިގައި ޖެހި ކަމަށް ތުހުމަތުކޮށް ކަމަށެވެ. އަދި ފުލުހުންގެ ގައިގައި އަތްލައި ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އަޅައި، ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އެޅި ކަމަށް ގައްބެގެ މައްޗަށް ތުހުމަތުކޮށްފައިވާ ކަމަށް މަހުފޫޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޯޓުން ގައްބެ ދޫކޮށްލީ އިތުރު ކުށެއް ނުކުރުމާއި ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް ކަމަށެވެ.
އެމްޑީޕީން ފަށާފައިވާ "ކުއްލި ހަރަކާތުގައި" ރޭގައި ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. ގައްބެގެ އިތުރުން މައްޗަންގޯޅި މެދު ދާއިރާގެ ރައީސް އަހުމަދު ޝަޒީން (ޝަޒިންޓެ) ވެސް ހައްޔަރު ކުރިއެވެ.
އެމްޑީޕީ މާލޭގައި ސިލްސިލާ މުޒާހަރާތައް ފެށީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ. އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުން އިސްވެ ކުރަމުންދާ މުޒާހަރާތަކުގައި ގޮވާލަމުންދަނީ ކުރީ ސަރުކާރުން އަޅާފައިވާ ފްލެޓުތައް އޭގެ ހައްގުވެރިންނަށް ދިނުމަށާއި ސުޕްރީމް ކޯޓަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ