ޔޫޒަބަލް ރިޒާވް 179 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.
މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު، ޔޫޒަބަލް ރިޒާވް ވަނީ އޭގެ ކުރީ މަހާއި އަޅާ ބަލާއިރު 63 މިލިއަން ރުފިޔާ އިތުރުވެފައެވެ. މި އާއެކު ޖުމްލަ ރިޒާވް ވަނީ 832 މިލިއަން ޑޮލަރަށް އަރައިފައެވެ.
މިދިޔަ އަހަރުވެސް ރިޒާވް އެންމެ ބޮޑަށް އުފުލިގެން ދިޔައީ ފެބްރުއަރީ މަހުއެވެ. އެ މަހު 128 މިލިއަން ޑޮލަރަށް ޔޫޒަބަލް ރިޒާވް އުފުލުނެވެ. ނަމަވެސް ސެޕްޓެމްބަރު މަހު ޔޫޒަބަލް ރިޒާވް 32 މިލިއަން ޑޮލަރަށް ވެއްޓުނެވެ.
ޔޫޒަބަލް ރިޒާވް މިދިޔަ މަހު އުފުލުނުއިރު ބޭރު ފައިސާ މާރު ކުރުމާއި ގުޅޭ ގަވާއިދުގެ ދަށުން، ޓޫރިޒަމް ދާއިރާއިން ލިބޭ ޑޮލަރު ބޭންކުތަކަށް އަންނަނީ މާރު ކުރަމުންނެވެ.
އެގޮތުން މިދިޔަ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރަށްވުރެ އިތުރަށް މާރު ކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފައިވެއެވެ. ރާއްޖޭގެ ރިޒޯޓުތަކުގެ ތެރެއިން 90 ޕަސެންޓު ރިޒޯޓުތަކުން އެ ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކޮށްފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ