ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަޖެޓު ސަޕޯޓަށް ނެގި 1.5 ބިލިއަން ރުފިޔާގެ ލޯނު މިމަހު ދައްކައިފިއެވެ.
މި ލޯނު ނަގާފައި ވަނީ 7.15 އިންޓަރެސްޓު ރޭޓުގައި، 3 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. މި ލޯނު އަނބުރާ ދެއްކީ ނެގި މިންވަރަށްވުރެ 26 މިލިއަން ޑޮލަރު އިތުރުކޮށެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކާއި ހަވާލާދީ ދައުލަތުގެ މީޑިއާ "ޕީއެސްއެމް ނިއުސް" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރާއްޖެއިން ނަގާފައިވާ ލޯނުތައް އެއްބަސްވުންތަކާއި އެއްގޮތަށް ދައްކަމުންދާކަމަށެވެ. އަދި ރާއްޖެއިން ދައްކަންޖެހޭ ލޯނެއް ދެއްކުމުގައި މިހާތަނަށް އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.
މި ލޯނު ކުރީ ސަރުކާރުން ނެގީ، ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިންނެވެ. މިއީ 2022ވަނަ އަހަރުގެ ތެރޭގައި އޭރުގެ ސަރުކާރުން ނެގި ލޯނެކެވެ.
ބަޖެޓު ސަޕޯޓަށް ނެގި 1،5 ބިލިއަން ރުފިޔާ ދެއްކިއިރު އެމްއެމްއޭ އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ މަހު، ޔޫޒަބަލް ރިޒާވް ވަނީ އޭގެ ކުރީ މަހާއި އަޅާ ބަލާއިރު 63 މިލިއަން ރުފިޔާ އިތުރުވެފައެވެ. މިހާރު ޔޫޒަބަލް ރިޒާވް ހުރީ 179 މިލިއަން ޑޮލަރުގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ