އަމާޒަކީ މިއަހަރުގެ ތެރޭގައި އަވަށްޓެރި އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިން ބޮޑުތަނުން އިތުރު ކުރުން ކަމަށް އެމްއެމްޕީއާރްސީން ބުނެފިއެވެ.
އިންޑިއާ އަކީ 2019ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމެކެވެ. 2023 ވަނަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ވެސް އިންޑިއާ އިންނެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތަނާ ކަހަލަ ގޮތަކަށް އެގައުމުން އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަން މަދުވިއެވެ.
އެމްއެމްޕީއާރްސީން ބުނީ އިންޑިއާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް މުހިންމު މާކެޓެއް ކަމަށެވެ. އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ސަމަރ ކެމްޕެއިނާއި، އިންޑިއާގެ ބޮޑެތި އެއަރލައިންތަކާއެކު ކުރިއަށް ގެންދާ ކެމްޕެއިންތަކުގެ އިތުރުން ނަން މަޝްހޫރު ޓުއަރ އޮޕަރޭޓަރުންނާއެކު ޕާޓްނާޝިޕްތައް ގާއިމުކުރުން ހިމެނޭކަމަށް އެމްއެމްޕީއާރުސީއިން ބުންޏެވެ.
އިންޑިއާ އިން އަންނަ ފަތުރުވެރިންގެ އަދަދު މިހާ ބޮޑަށް ދަށަށް ދިޔައީ މި ސަރުކާރަށް ނިސްބަތްވާ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ބަދުބަސް ބުނި މައްސަލާގައި ރާއްޖެ ބޮއިކޮޓު ކުރުމަށް އެގައުމުގެ ބައެއް ރައްޔިތުން ގޮވާލަން ފެށުމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ