ގައުމީ ސަލާމަތާއި ގުޅުންހުރި ކަމެއް ފާހަގަ ކުރެވިގެން ރޭ ފުލުހުންނާއި ސިފައިން ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން އަދިވެސް ކުރިޔަށްދާ ކަމަށާއި އެހެންނަމަވެސް އެކަމުގައި ކަންބޮޑުވާން ޖެހޭ ފަދަ ކަމެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ރޭގެ އޮޕަރޭޝަން އަކީ މާލޭގައި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެކެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި މިއަދު ބުނީ އެ އޮޕަރޭޝަނަކީ އިންޓަލިޖެންސް މައުލޫމާތަށް ބިނާކޮށް އާންމު އުސޫލުގެ ތެރެއިން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި އެ އޮޕަރޭޝަން މިހާރުވެސް ކުރިޔަށްދާ ކަމަށް ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް "ކަންބޮޑުވާންޖެހޭ" ފަދަ ކަމެއް ނެތް ކަމަށް ބުންޏެވެ.
މިފަދަ ހާލަތްތަކުގައި ރާއްޖޭގެ ރައްޔިތުންނާއި ރާއްޖެއަށް ޒިޔާރަތް ކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފައިވެއެވެ.
އަދި ބުނީ ލިބެމުން އަންނަ ހުރިހާ މައުލޫމާތަކަށް އަދި އިންޒާރަކަށް ވަގުތުން ފިޔަވަޅުއަޅައި، ރާއްޖެ އަންނަ ފަރާތްތަކާއި ދިރިއުޅޭ ފަރާތްތަކާއި ރައްކާތެރި ތަނެއްގެ ގޮތުގައި ބާއްވާނެ ކަމަށެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި މިހާތަނަށް ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި މާލެ އަދި ހުޅުމާލޭގެ ބައެއް ތަންތަން ވަނީ ބަލާ ފާސް ކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ